ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އަންގަވައިފިއެވެ.
ދީބާޖާ އަށް ދޭންޖެހޭ ބަދަލުގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް މި ސަރުކާރުން އުއްފާދައިވާ ސެޓްލްމަންޓު ކޮމެޓީ އާއި އެކުގައި މަޝްވަރާތައް ކުރުމަށްފަހު އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިއްމާފައެވެ. ސެޓްލްމަންޓު ކޮމެޓީން ވެސް ދީބާޖާއަށް ފައިސާ ދޫކުރުމަށް ރައީސް ސޯލިހަށް ވަނީ ލަފާ އަރުވާފައެވެ. އެހެން ނަމަވެސް އެފައިސާ ސަރުކާރުން އަދި ދޫކޮށްފައެއް ނުވެއެވެ.
ދީބާޖާއަށް ބަދަލު ދިނުމާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެކުންފުންޏާއި އެކުގައި އުތުރު ޕްރޮވިންސް ފެރީގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހެދި އެއްބަސްވުން އޭރުގެ ޓްރާންސްޕޯޓު މިނިސްޓްރީން ބާތިލް ކޮށްފައި ވަނީ އެއްބަސްވުމާއި އެއްގޮތަށް ހިދުމަތް ފޯރުކޮށްދެވިފައި ނުވާތީ ކަމަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އެއްބަސްވުން ބާތިލް ކުރީ 2013 ވަނަ އަހަރުގެ މެއި މަހުގެ 30ވަނަ ދުވަހުއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފެރީ ދަތުރުފަތުރުތައް އައުމާއި އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި ވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. ދީބާޖާ އަށް ސަރުކާރުން ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރ. ކުޑަކުރަތު ދޫކޮށްފައި ވަނީ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން އެއްބަސްވުން އުވާލުމުން އެރަށް ސަރުކާރަށް އަނބުރާ ނެގޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށް ވާތީ އާއި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށް އަންގާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ ނެރުއްވި ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
އަދި ރިސޯޓު ތަރައްގީ ކުރުމަށް އެއްބަސްވުމުގެ ދަށުން ދީބާޖާ އަށް ސަރުކާރުން ދީފައިވާ ރަށަކީ ކަނޑައެޅި ބިމަށްވުރެ ބޮޑު ބިމަކަށް ވާތީ އެކަމުގައި އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއްވާ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ބެލެވޭ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.
ދީބާޖާ މައްސަލާގައި އެކުންފުންޏަށް ފައިސާ ނުދިނުމަށް އޮޑިޓާ ޖެނެރަލް އަންގާފައިވާއިރު ދީބާޖާ އަށް ފައިސާ ދެއްކުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައި އޮތްނަމަވެސް އެމައްސަލަ އަލުން ރިވިއު ކުރަން ދައުލަތުން ނިންމައި، މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފައެވެ. އެހެން ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު