ހުސްވިވެފައި އޮތް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ސަން އައިލެންޑް ރިސޯޓުގެ ކުރީގެ ޖެނެރަލް މެނޭޖަރު ޑރ.އަބްދުﷲ މައުސޫމް ހަމަޖައްސަން ނިއްމައިފައިވާ ކަމަށް "ރަސް އޮންލައިން" އަށް ވަރަށް މުއުތަބަރު ކޮށް މައުލޫމާތު ލިބިއްޖެއެވެ.
ޑރ. ޢަބުދު ﷲ މައުސޫމް މިހާރު ހުންނެވީ ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އެމަގާމަށް ޑރ. މައުސޫމު އައްޔަންކުރައްވާ އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ މި ދިޔަ އަހަރުގެ ފެބުރުއަރީ 18 ވަނަ ދުވަހު އެވެ.
ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ބައިވެރިންގެ ތެރެއިން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރުކަމުގެ މަގާމު ދެއްވާފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ. ދާދިފަހުން މަގާމުން ދުރުކުރި އަލީ ވަހީދު ވެސް އެމަގާމު އަދާ ކުރެއްވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ވުޒާރާގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިގެން ވަޒީފާއިން ވަކިކުރި އަލީ ވަހީދުގެ ބަދަލުގައި އެޕާޓީން ހުށައަޅުއްވާފައި ވަނީ ޑރ. މައުސޫމުގެ ނަންކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.
"ރަސް އޮންލައިން" އަށް އެނގިފައިވާގޮތުގައި ޓޫރިޒަމް މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމަށް ޑރ. މައުސޫމް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެއެވެ.
އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަސިޓީން ޑޮކްޓާ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ޑރ މައުސޫމް މީގެކުރިން ވަނީ ދައުލަތުގެ އިސް ބައެއް މަގާމުތައް ވެސް އަދާކުރައްވާފަ އެެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަމާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބް ލީޑަރު ކަންވެސް ޑރ. މައުސޫމް ވަނީ އަދާކުރައްވާފަ އެވެ. އޭގެފަހުން ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރު ކަން ވެސް ޑރ.މައުސޫމް އަދާކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓްގެ ޖެނެރަލް މެނޭޖަރު ކަންވެސް ޑރ. މައުސޫމް އަދާކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު، ކެރަފާ ނަސީމް އައްޔަންކުރަން އެމްޑީޕީގެ އެކްޓިވިސްޓުން ޝޯސަލް މީޑިޔާގައި ވަނީ ކެމްޕޭނެއް ވެސް ފަށާފައެވެ. ނަމަވެސް ރައީސް ސޯލިހު ހުންނެވީ ކޯލިޝަނާއެކު ކުރިއަށް ވަޑައިގެންނެވުމުގެ ވަރުގަދަ އަޒުމުގައި ކަމަށްވާތީ އެކަން އެގޮތަށް ހިގާފާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު