ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތައް ކަމަށް އުއްތަމަ ފަނޑިޔާރު ކަމުން ވަކިކޮށްފައިވާ ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްގެން ފަނޑިޔާރު ކަމުން ވަކިކުރި ޑރ. އަބްދުﷲ ދީދީ މިހެން ވިދާޅުވެފައި މިވަނީ ޖޭއެސްސީން ގިނަ އަދަދެއްގެ ފަނޑިޔާރުންނާއިމެދު ސުލޫކީ ފިޔަވަޅު އަޅައި ފަނޑިޔާރުންގެ މައްސަލަ ބަލައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެފަދަ ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ވަގުތެއްގައެވެ.
މިމައްސަލައިގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އަމާޒަކީ ފަނޑިޔާރުންގެ ސުލޫކީ ކަންކަން ހިފެހެއްޓުމަށް ޖޭއެސްސީން ކުރާ މަސައްކަތަށް އެހީތެރިވުން ކަމަށެވެ. އަދި ވަކި ފަނޑިޔާރަކަށް އަމާޒުކޮށްގެން ވަކި ގޮތަކަށް އަމަލު ކުރެއްވުމުގެ ނިޔަތެއް މަޖިލީހުގެ މެންބަރުންގެ ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޑރ. އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖޭއެސްސީން ކަންތައްތައް ކުރަނީ ރަނގަޅަށް ކަމަށް ބުނި ކަމުގައި ވީ ނަމަވެސް އެ ކޮމިޝަނުން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޣައިރު ދުސްތޫރީ ކަންތައްތައް ސައްހަ ނުވާނެ ކަމަށެވެ. އަދި ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދުވާލަކު ފަސް ފަހަރު ތަސްބީހަ ކިޔާހެން ތިމަންނަމެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ޖޭއެސްސީން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޣައިރު ދުސްތޫރީ ބާތިލު ކަންތައް ސައްހަ ނުވާނެ. ސުލޫކީގެ ނަމުގަ ތި ތަނުން ބަލާ 90 ޕަސެންޓް ކޭސްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތައް." އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ޖޭއެސްސީން ވަނީ ސުލޫކީ މައްސަލަތަކުގައި ގިނަ ޢަދަދެއްގެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކި ކޮށްފައިވާއިރު، ދެން ތިއްބެވި ބޭފުޅުން ވަނީ ޖޭއެސްސީން ފިޔަވަޅު އެޅުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު