ހޮޑުލެވޭ މައްސަލައަށް ބޭނުން ކުރަމުން އަންނަ ބޭހެއް ކަމަށްވާ އެމިޑޯން ރާއްޖެއަށް އެތެރެކޮށް، ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އެމިޑޯން ސަސްޕެންޝަންގައި ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތީރިޓީން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މިއަދުން ފެށިގެން މަނާ ކަމެއްކަމަށް އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އަމިއްލަ ބޭނުމަށް ބޭސް ސިޓީއަށްވެސް މި ބޭސް އެތެރެ ކުރުން މީގެ ފަހުން މަނާވާނެ ކަމަށާއި މިހާރު ބޭސް އެތެރެކޮށް ވިއްކަމުންދާ ފަރާތްތަކުން ވެސް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު