އިހަވަންދިއްޕޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ ލ. ގާދޫ ކައިރީގައި ތަރައްގީކުރާ ކޮމާޝަލްޕޯޓާއި، ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭގޮތައް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި މާލޭ ކޮމާޝަލްޕޯޓުގެ މަސައްކަތްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ސަޢީދު ވިދާޅުވީ މިއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވަޢުދުތައް ކަމަށެވެ.



މި ޕްރޮޖެކްޓްތަކުގެ ތެރެއިން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ޤާއިމުކޮށް ބަންކަރިން ހިދުމަތާ އެކު، ޝިޕިން އެޖެންސީ އާއި ކްރޫ ޗޭންޖާއި ޝިޕް ހޭންޑްލިންގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

އޭގެ އިތުރުން ގާދޫގައި ތަރައްޤީކުރާ ޓްރާންޝިޕްމެންޓް ބަނދަރުން ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކަރަންޖޯހަރު

28-Nov-2023

ކޮސްނުގޮވާ ކަމެއް ކޮއްބަލަ.


4

ރެކިފުތާ

28-Nov-2023

މިޕޯޓްތައް ކޮންމެސަރުކާރަކުންވެސް އަޅާ ވާހަކައެއްދައްކާ ވެރިކަން ނިމިދާއިރުވެސް ހޤީޤީ ކުލަޖެހޭތަނެއް ނުފެނެއެވެ.


3

ރެކިފުތާ

28-Nov-2023

މިޕޯޓްތައް ކޮންމެސަރުކާރަކުންވެސް އަޅާ ވާހަކައެއްދައްކާ ވެރިކަން ނިމިދާއިރުވެސް ހޤީޤީ ކުލަޖެހޭތަނެއް ނުފެނެއެވެ.



ޓްރެންޑިން