ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕީޕީއެމާއި ގުޅިވަޑައިގެންނެވުން
ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕީޕީއެމާއި ގުޅިވަޑައިގެންނެވުން
ބިދޭސީންގެ މައްސަލަ ހައްލު ކުރަން ވަރުގަދަ ކުރަންވީ ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަމަށް ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުހަންމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގައި މަސައްކަތް ކުރާ 179،954 ބިދޭސީން ރަޖިސްޓަރީ ވެފައިވާއިރު 66،000 އަށް ވުރެ ގިނަ ބިދޭސީން ޑޮކިއުމަންޓެއް ނެތި އުޅެމުންދާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.

ކުރީގެ ނާއިބް ރައީސް ޑރ.މުހަންމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެފައިވާ ކަމަށާއި، އެކަން ހައްލު ކުރުމަށް ވަރުގަދަ ކުރަންވީ ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަމަށެވެ.

"ބަދަހި ސަފުތަކެއްގެ ގޮތުގައި ތެދުވެ މިގައުމު ދިވެހިން އަތުން ޖަހައިގަންނަން ކުރާ މަސައްކަތް ނާކާމިޔާބު ކުރެވޭނެ، އިންޝާ ﷲ." ޑރ.ޖަމީލް ވިދާޅުވިއެވެ.

ރާއްޖެއިން ފެންނަމުންދަނީ ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަށް އެރުމުން ފެންނާނެ ފަދަ މަންޒަރުތަކެއް ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވަނީ ވިދާޅުވެފައެވެ. ޗީފް އޮފް ޑިފެންސް އެހެން ވިދާޅުވީ މުސާރަ ނުދީގެން ކަމަށް ބުނެ އިހުތިޖާޖު ކުރި ބިދޭސީންތަކެއް ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގައި އާންމުންގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީ ހިންގާފައިވާ ހާދިސާތަކަށް އިޝާރަތްކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން