ރާޔާ ރިޟާ   28 ނޮވެމްބަރު 2023 - 20:11
އާބަންކޯގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް އިބްރާހިމް ފަޒުލް ރަޝީދު ޢައްޔަނުކޮށްފިއެވެ.

ފަޒުލް މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައެވެ. އަދި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމު މިހާރު ފުރުއްވަނީ ވެސް ފަޒުލްއެވެ.

އަރބަންކޯގެ އެމްޑީކަމާއި ހަވާލުވެވަޑައިގަތުމަށް ފަޒުލް މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ޕީއެންސީގައި ތިއްބެވީ އެންމެ ދެ މަޖިލީސް މެންބަރުންނެވެ. ޔާމީން ކުރިން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައިވެސް ފަޒުލް ހަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފަޒުލް ވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމްވެސް ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ވައްލަ

28-Nov-2023

ވިނަރެސް ފްލެޓް ވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ލިބިގެން ދާނެ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދެއްވުން އެދެން.


0

ވައްލަ

28-Nov-2023

ވިނަރެސް ފްލެޓް ވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ލިބިގެން ދާނެ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދެއްވުން އެދެން.


1

ވައްލަ

28-Nov-2023

ވިނަރެސް ފްލެޓް ވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ލިބިގެން ދާނެ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދެއްވުން އެދެން.



ޓްރެންޑިން