އާއިޝަތު އާޒިމާ ޝަކޫރު
އާއިޝަތު އާޒިމާ ޝަކޫރު
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު "ރޭޕް" ކުރި ކަމަށް ބުނެ އޮންލައިން ނޫހަކަށް މައުލޫމާތު ދިނީ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކުރޫ ކަމަށް އެ ނޫހުން ފެތުރި ޚަބަރު އާޒިމާ ދޮގުކުރައްވައިފިއެވެ.

ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރުގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަފާރީ "ރޭޕް" މައްސަލައިގައި އެެއްވެސް ނޫހަކަށް އެކަމަނާ އިންޓަވިއު ދެއްވާފައިނުވާނެ ކަމަށާއި، ރަޖިސްޓްރީވެސް ނުކުރާ މެންދުރު އޮންލައިން އިން ފަތުރަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އޭނާ އާއި މެދު ހަގީގަތާއި ޚިލާފު ދޮގު ޚަބަރު ފެތުރި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.

"މެންދުރު އޮންލައިން" އަޅުގަނޑު މައުލޫމާތު ދިންނަމަ ދިންގޮތާއި، ވާހަކަ ދެއްކި މީހަކާއި ހުންނަންވާނެ ނޫންތޯ؟ އާޒިމާ ސުވާލު އުފެއްދެވިއެވެ.

"މެންދުރު އޮންލައިން" ނަމުގައި ނެރޭ ނޫހަކުން ޝާއިޢު ކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަފާރީގައި ޖިންސީ ގޯނާ ލިބުނު ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނުމެދުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ނުކޮށް ނެރޭ އެނޫހުން ކުރިން ބުނެފައިވަނީ އެބުނާ އިންޓަރވިއު އެބުނާ ވިކްޓިމް ދިން ކަމުގެ ހެކި ވެސް އެމީހުންގެ އަތުގައި އެބަހުރިކަމަށެވެ.

"މެންދުރު އޮންލައިން" އިން ބެލި ބެލުމުން ސަފާރީގައި ހިނގާފައި ވަނީ ރޭޕްގެ މައްސަލައެއް ނޫންކަން އެނގިފައިވާ ކަމަށައި އަދި މިމައްސަލަ ރޭޕް ކޭސްގެ ގޮތުގައި، ބޮޑުކޮށްލީ ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއްތިބުމުން، މިކަން ސިޔާސީ ކޮށްލުމައްޓަކައިކަން އަދި އެނިޔަތުގައިކަން އެނޫހަށް އެނގިފައިވާ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ. މެންދުރު އޮންލައިން އިން ދޮގު ޚަބަރު ފެތުރި މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން