ރައްޔިތުންނަށް އުނދަގޫވާތީ މާވެޔޮ މިސްކިތް ކައިރީ ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނަގަން ނިންމައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މަގާމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައިވާ ކަމަށެވެ.

އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުންކުރާ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ޓްރާންސްފޯމަރެއް ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.



ސްޓެލްކޯއިން ބުނީ މެނޭޖިންގ ޑިރެކްޓަރ ފަހުމީ އެ ސަރަހައްދަށް ވަޑައިގެން އެ ޓްރާންސްފޯމަރާހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް ވިދާޅުވިކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.



"ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެތަނުގައި ބަހައްޓާފައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން