އަހްމަދު ހައިލަމް، ފޮޓޯ:ސޯޝަލް މީޑިއާ
އަހްމަދު ހައިލަމް، ފޮޓޯ:ސޯޝަލް މީޑިއާ
ކޯޓުތަކުގެ ޙުކުމްތައް ތަންފީޒު ނުކުރުމަށް ގޮވާލުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއްކަމަށް ވިދާޅުވެ އޮޑިޓާޖެނެރަލަށް ކުރީގެ ފަނޑިޔާރު އަހުމަދު ހައިލަމް ފާޑުވިދާޅުވެއްޖެއެވެ. 

ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން، ބަދަލުގެ ގޮތުގައި ދޭން ނިންމި 174 މިލިއަން ރުފިޔާ ނުދޭން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު އެންގެވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރީގެ ފަނޑިޔާރު އުސްތާޒު ހައިލަމް ވިދާޅުވީ ޝަރުއީ މަރުހަލާއިން މައްސަލައެއް ނިންމުމުން އެކަމަށް ގޮންޖަހައި ފާޑުކިޔުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. 

"ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް. އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލު ހުރި މީހަކު ވިޔަސް، ފަނޑިޔާރުންނާއި ކޯޓުތަކުގެ މަސައްކަތާބެހި ކޯޓުތަކުގެ ޙުކުމްތައް ތަންފީޒު ނުކުރުމަށް ގޮވާލުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް." ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހައިލަމް ވިދާޅުވިއެވެ. 

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ވެރިކަމުގައި ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ދީބާޖާ އަށް ބަދަލުދިނުމާ ގުޅޭ މައްސަލަތައް ބެލުމަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައި ބުނީ އެ ކުންފުންޏާ އެކު، ފެބްރުއަރީ 1، 2010 ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން، ޓްރާންސްޕޯޓް މިނިސްޓްރީން މެއި 30، 2013 ގައި ބާތިލް ކޮށްފައި ވަނީ ދީބާޖާ އިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ނުދޭތީ ކަމަށެވެ. 

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޢަލީ އުމަރު

23-Jul-2020

ޙައިލަމަށް ރިޝްވަތު ލިބޭ ދައުލަތް ބިކަކުރާގިތަށް ކުރާ ޙުކުމް ނުޖެހޭ ތަންފީޒު ކުރާކަށް



ޓްރެންޑިން