ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް އިންފްރާސްޓްރަކްޗާއިން ބޭނުންކުރި ޕްލެޓްފޯމަކުން ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކުރި ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އެފްކޮންސްގެ ޕުލެޓުފޯމުގެ ނަގިޔަށް ދިމާވި މައްސަލައަކާ ގުޅިގެން ވިލިމާލެ ފަރަށް އެ ޕުލެޓުފޯމު އެރީ މިދިޔަ އަހަރުގެ އޯގަސްޓުމަހުއެވެ. އެކަމާއި ގުޅިގެން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އީޕީއޭއިން ވަނީ 69.4 މިލިއަން ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށްފައެެވެ. އަދި އެ ކުންފުނިން ވަނީ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް އެދި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެންވަޔަރްމެންޓް މިނިސްޓްރީން ނިންމާފައިވަނީ ގާނޫނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވެސް ދިރާސާކުރުމަށްފަހު އެފްކޮންސް އަށް ލުއި ނުދިނުމަށެވެ.
އެ ފައިސާ 15 ދުވަސް ތެރޭގައި ދައުލަތަށް ދައްކަން މިމަހުގެ 15 ވަނަ ދުވަހު ސަރުކާރުން އަންގާފައިވާތީ އެ މައްސަލާގައި އެފްކޮންސްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އެ ކުންފުނީގެ ފަރާތުން ދައުވާ ކުރެވެންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ އެކަމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއްކަން އެފްކޮންސް އަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލްކޮށް، އެ ކުންފުނީގެ މާލީ ހާލަތަށް އަސަރު ކުރާނެ ކަމަށް ބުންޏަސް އެކަން ދިމާވާނެ ގޮތެއް ބުނެދެވިފައިނުވާ ކަމަށް އެ ނިންމުމުގައިވެއެވެ.
އެމައްސަލާގައި އެންވަރަމަންޓު މިނިސްޓްރީން ބުނީ ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް އެފްކޮންސްއިން އަޅާފައި ހުރިނަމަ އުޅަނދު ފަރަށް އެރި ހާދިސާއިން ރައްކާތެރިވުމުގެ ފުރުސަތު އޮތްކަން ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ އެހީތެރިކަމާއެކު އެ މައްސަލައިގެ ޓެކްނިކަލް ރިވިއުއެއް ހެދުމުން އެނގުނު ކަމަށެވެ.
ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އީޕީއޭގެ "އެންވަރަމަންޓު ރިސްޓޮރޭޝަން ފަންޑު" އަށް ޖަމާކުރުމަށް އެންވަރަމަންޓު މިނިސްޓަރީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު