ބ.އޭދަފުށީގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭދަފުށިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ދެބިދޭސީންނެވެ. މިދެމީހުންނަކީ އެރަށުގައި މަސައްކަތް ކުރަމުންދާ ދެމީހުންކަމަަށް މައުލޫމާތު ލިބިފައިވެއެވެ.

މިމީހުންނަކީ މާލޭގައި ތިބުމަށްފަހު އެރަށަށް ގޮސް 14 ދުވަހުގެ ހޯމް ކަރަންޓީންގައި ތިބި ދެމީހުންނެވެ. މިމީހުންގެ ސާޕްމަލްތައް ބ.އަތޮޅު ހޮސްޕިޓަލުގައި ހަދާފައިވާއިރު މިމީހުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަތޮޅުތެރެއިން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވަނީ ހޯމް ކަރަންޓީން އުސޫލަށް އަމަލު ކުރަން ފެށިފަހުންނެވެ. ހޯމްކަރަންޓީނުގައި މުޅިންހެން ޕޮޒިޓުވް ވެފައިވަނީ މާލެއިން ހޯމް ކަރަންޓީނަށް ދާ މީހުންކަން ފާހަގަކޮށްލެވެއެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް އެޗްޕީއޭއިން ލަފާދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

އިއްޔެ ވެސް ރާއްޖެއިންވަނީ 44 ދިވެހިން ޕޮޒިޓިވްވެފައެވެ. މިއާއިއެކު ބަލިޖެހިގެން ފަރުވާދޭ މީހުންގެ އަދަދު މިހާރުވަނީ 676އަށް އިތުރުވެފައެެވެ. އެޗްޕީއޭއިން ބުނީ އިއްޔެ ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި 246 ކޮންޓެކްޓުން ފާހަގަކުރެވުނުކަމަށާއި، ވޭތުވެދިޔަ ހަފްތާގައި ކޮންޓެކްޓުންގެ ގޮތުގައި 1026 މީހުން ރަޖިސްޓްރީކުރެވުނުކަމަށެވެ. ރާއްޖޭގައި ބަލި ހުރިތޯބެލުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދު މިހާރުމިވަނީ 69370އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން