ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
އެމްއެމްޕީއާރްސީގެ ޚިޔާނަތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން، ޕީޖީ ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފް އަޑުއެހުމުގައި އަދީބުގެ ފަރާތުން ވަކީލެއްގެ ފުރުސަތަކަށް ވަނީ އެދިފައެވެ. އަދީބު ބަންދުގެ އަމުރާ މެދު ގޮތެއް ނިންމަން މެންދުރު ފަހު 3:00 ގައި އަޑުއެހުމެއް ބޭއްވުމަށް ޝަރީއަތުން ވަނީ ނިއްމާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އެ ދައުވާ ތައް ބާތިލް ކުރުމުން އޭނާ ވަނީ އެއްކޮށް މިނިވަންވެފަ އެވެ. އެހެން ނަމަވެސް އަދީބު ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެ އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލިއެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

މި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ހަދާފައި އޮތަސް އެއީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އައިޝަތު ބިޝާމާއި އޭރުގެ ބައެއް ފުލުހުންގެ އިސްވެރިން ޔަގީންކަން ދެއްވުމުން ސޮއިކުރެއްވި އެެއްބަސްވުމެއްކަން ހިމަނާފައި އޮތުމުން އެެއީ ގާނޫނާއި ޚިލާފަށް ހެދި އެއްބަސްވުމެއް ކަމަށް ޝަރީއަތުން ކަނޑައެޅުމަށްފަހުއެވެ. އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން