މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޖުމްލަ ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި މީގެކުރިން ދައްކާފައިވާ ވާހަކަތައް ހަނދާންނައްތާނުލާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މަސްވެރިއަކު ވަޒީރަށް ފޮނުއްވި ޢާއްމު ސިޓީއަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ އެމަނިކުފާނަށް އެސިޓީ ފޮނުއްވި މަސްވެރިޔާއަށް ގުޅުއްވައި ކަންބޮޑުވުންތަކާމެދު މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެމަސްވެރިޔާ ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއް ކަމަށެވެ.

ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޝިޔާމް ގެންދަވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށްވަނީ 30 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.

“ޖިނައްޕެއަށް ގުޅާލުމުން ހިއްސާކުރެއްވި ވާހަކަފުޅަކީ މުހިއްމު ވާހަކަފުޅެއް އަދި އެކަމަށް ނިމުމެއް ގެނެވޭނެ. ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން.” ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރަކީ ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އޭގެއިތުރުން މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ލަސްތަކެއްނުވެ ހޯއްދަވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވަނީ ކުރީ ސަރުކާރުން ކެމްޕެއިންގެ ދުވަސްވަރު މަހުގެ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑު ކުރުމުން ކަމަށް ޝިޔާމް މީގެކުރިން ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ނިންމާފައިވަނީ ދަށްވެގެން މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ހެދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ވ

01-Dec-2023

އެކަމަކު ޔާމީން ސާލާމާތްކުރަންދޭއްކިވާހަޔާ އިންޑޔާސިފައިން ބާލާވާހަކަ ހަދާނުންގޮއްސިދޯ މިހާރު އިނޑިޔާސިފައިންވެދް ތިބިކަމަށް މިވަނީ 77 އެއަދަދު ދެން ޒީރޯ ޔާމީނުއަކީވަރަށްލަޑުލިބޭ.ބޭފުޅެއް އަދިލަޑުދެނީވެސް ޔާމީނުރަގަޅަށްކަންތަށްކޮންފޭމީހުނެ



ޓްރެންޑިން