ކުރީގެ ހައުސިންގ މިނިސްޓަރޑރ.މުޙައްމަދު މުޢިއްޒު
ކުރީގެ ހައުސިންގ މިނިސްޓަރޑރ.މުޙައްމަދު މުޢިއްޒު
ހުޅުމާލޭގައި އަޅަން ފަށައި ނުނިމި ދިގުލައިގެންދާ ފުލުހުންނާއި ސިފައިންގެ ފުލެޓުތަކާ އޭނާއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު މިހެން ވިދާޅުވީ އެމަޝްރޫޢު ނުނިމި ލަސްވަމުންދިއުމާ ގުޅިގެން މަޖިލިހަށް ހުށަހެޅި ޤަރާރަށް ބަހުސްކުރައްވަމުން ބައެއް މެންބަރުން މުއިއްޒާއި އެ ފްލެޓްތަކާއި ގުޅުވައިގެން ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ޕީޕިއެމްގެ ނާއިބް ލީޑަރު ޑރ.މުހަންމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕޮލްކޯއާއި ސިފްކޯގެ ގެދޮރުވެރިކަމުގެ މަޝްރޫޢަކީ މުޢިއްޒާއި އެއްވެސް ގުޅުމެއް އޮތް މަޝްރޫޢެއް ނޫން ކަމަށެވެ.

ފުލުހުންގެ ކުންފުންޏާއި ސިފައިންގެ ކުންފުނިން ހިންގާ ފުލެޓު މަޝްރޫޢާ މުޢިއްޒާއި އެއްވެސް ގުޅުމެއް ނެތްކަން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުން މަޖިލިހުގެ ދަނގެތި ދާއިރާ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ރިޓަޔަރޑް) އަށާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރުގެ ތިމަރަފުށީ ދާއިރާ މެންބަރު ޢަބްދުﷲ ރިޔާޒަށް އެނގިވަޑައިގަންނަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

މުޢިއްޒު ވިދާޅުވީ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިމައްސަލައިގާ މިހާރު ދައްކަވަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެމެންބަރުން ހަގީގަތާއި ޚިލާފު ދޮގުވާހަކަ ދައްކަވަނީ ހަމައެކަނި ސިޔާސީ ފައިދާއެއް ޙާސިލުކުރެއްވުމަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެނޑިޑޭޓަކީ ޑރ.މުޢިއްޒު ކަމަށް ވަނީ ނިއްމާފައެވެ. މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވިފަހުން ވެރިކަން ކުރާ އެމްޑީޕީން އަންނަނީ މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރަމުންނެވެ. އެގޮތުން ސިޔާސީ ބަހުސަކަށްވެފައިވާ ނޫމަޑި މައްސަލައިގައި ވެސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކުރެވި އެމައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން