ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު
ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު
ޖޭއެސްސީ އިން ފަނޑިޔާރުން ވަކިކޮށް ސަސްޕެންޑު ކުރަމުންދަނީ ސިޔާސީ ބަދަލުހިފުމާއި، ހަސަދަވެރިކަން އިސްކޮށް ސީދާ ޤާނޫނާއި ހިލާފަށް ކަމަށާއި އެގޮތަށް ވަކިކުރާ ފަނޑިޔާރުން އަދި ޢިއްޒަތުގައި ފަނޑިޔާރުކަން ކުރައްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރކަން ފުރަތަމަ ކުރެއްވި ޑރ.މުހަންމަދު ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީ އިން ފަނޑިޔާރުން ވަކިކޮށް ސަސްޕެންޑު ކުރަމުންދަނީ ސިޔާސީ ބަދަލުހިފުމާއި، ހަސަދަވެރިކަން އިސްކޮށް ސީދާ ޤާނޫނާއި ހިލާފަށް ކަމަށެވެ.

"މާތް ﷲ އިރާދަކުރެއްވިޔާ، މިގޮތަށް ވަކިކުރެވޭ ބޭފުޅުން އިއްޒަތުގައި އަދި ރާއްޖޭގެ ފަނޑިޔާރު ކަން ކުރައްވާނެ، ދެރަނުވާށެވެ.!" މަގާމުން ވަކިކޮށް ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރުންނަށް ހިތްވަރު ދެއްވަމުން ޝަހީމް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ގިނަ ބޭފުޅުން މިހާރު މެންބަރުންގެ ގޮތުގައި ތިއްބެވި ޖޫޑީޝަލް ސަރވިސަސް ކޮމިޝަން، ޖޭއެސްސީ އިން މިހާތަނަށް ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުން ފެށިގެން މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި އެމީހުން ސަސްޕެނޑްކޮށް، ގިނަ ބަޔަކު ވަޒީފާއިން ވަކިވެސް ކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިއްމައި މަޖިލީހަށް ފޮނުވުމާއެކު ގިނަ ފަނޑިޔާރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


14

ބަންޑޭރި

24-Jul-2020

ޝެއިޚް ޝަހީމް ތިދައްކަވާ ވާހަކަތަކުން ސާފްވާ ހަގީގަތަކީ ޝަހީމް ތީ ކޮރަޕްޓް ސިޔާސީ ބޭފުޅެއްކަން. ދީން ކިޔަވައިގެން ތިއްބެވި ހެޔޮ ނަސޭހަތް ދެއްވާ ޝެއިޚުންގެ ލިސްޓުގަ ތިޝަހީމްގެ ނަން ބާއްވާކަށް ހެޔޮނުވާނެ.


9

އަރީފު

24-Jul-2020

ޑރ ސަހީމު އައް ހަމަ ސާބަސް މިހުރިހާދުވަހު ވަކިބަޔަކު އެއްކަމެއްގަވެސް ނުބެދި އެހެން ނަމަ ވެސް ކިޔާފަ ބޭނުން ބަޔަކައް ހުކުން އިއްވާފަ ސިޔާސީ ބޭފުޅުން އަތުން ދޭސޭ ކިޔާގެން ލާރި ހޯދާފަ ތައިލެންޑު ކުދިން ގޮވާގެން އުޅުނު ކާރޓޫނު ތައް ކުޅެފަ މުޅި އުމުރައް ފަޑިޔާރު ކަމުގަ ހުން ނަން ހުވާކޮއްފަ ރަނުން ޑިއުޓީ ކަޑާފަ ޑީއެކުސްޕޯރޓު ކޮއްގެން މުޅި އުމުރު އަންހެނުން ނައް ރަންފިހާރަ ހުޅުވަދިން އިރު ހިތަކައް ނާރާ ދޯ އެހެން ބަޔަކު އަތުވެ ދާނޭ...


16

ނަޒީމް

24-Jul-2020

ސައުދީގަދޯ


12

ހުސައިން ޝަހީރު

24-Jul-2020

ޖާހިލުން ދައްކާ ޒާތުގެ ވާހަކަ ޝަހީމުވެސް ދައްކަންފެށީތަ


6

ޑީޑީ

24-Jul-2020

ޒަކާތުފަންޑުންހުލުވިއެއްކަލަރަންފިހާރަޝަހީމުތަ


3

ޙަސަން ބުޝްރީ

23-Jul-2020

ޢެއީ ޝަހީމުގެ ވެރިކަމެއްގަތޯ?



ޓްރެންޑިން