މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ޕޮލިސް މެމޯރިއަލްޑޭ ފާހަގަކޮށްފިއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަދި އިސްކަންދަރު ކޮށީގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ނަގާފައިވާ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިޡާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދިޔަ، ފުލުހުންގެ ހަނދާން އާކޮށް، ހަމަހިމޭންކަމުގެ ސްކޫތެއް ރޭ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޕޮލިސް މެމޯރިއަލް ޑޭއަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިޡާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދާ، ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު