ރައްޔިތުންގެ މަޖިލީސް ނައިބު ރައީސްކަމުން އީވާ ޢަބްދުﷲ އިސްތިއުފާދެއްވައިފިއެވެ.

'

އީވާ މަޤާމުން އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމަށް ވޯޓު ނެގުމުގެ ކުރިން މަޖިލީހަށް ޖަވާބުދާރީވުމަށް ފަހުއެވެ. އީވާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ނައިބު ރައީސްކަމަށް ނާގާބިލު މީހެއް ކަމަށް އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށެވެ.

މަޖިލީހަށް އީވާގެ އިސްތިއުފާގެ ސިޓީ ލިބިފައިވާކަމަށް މިއަދުގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އިޢުލާންކުރައްވާފައެވެ.

އީވާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވަނީ 50 މެންބަރުން ސޮއި ކުރެއްވުމަށް ފަހުއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މި މައްސަލަ ހުށަހެޅީ އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުންނެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިންވެސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރަށްފަހު އިވާ ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް މައްސަލަ އަނބުރާ ގެންދިޔައީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން