ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)ގެ އެހީ ހޯދަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ދުބާއީގައި ކުރިއަށްދާ ކޮޕް 28 ސަމިޓްގެ ހަވާސާގައި އޭއައިބީގެ ރައީސް ޖިން ލީޗުން އާއިއެކު ކުރެއްވި ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޮޑު ތަރައްގީގެ އެޖެންޑާގެ ވާހަކަ ލީޗުންއާއި ހިއްސާކުރައްވާފައިވާ ކަމަށެވެ.

ހާއްސަކޮށް އައްޑޫ އަދި ގދ. ތިނަދޫ، ސަރަހައްދީ އެއާޕޯޓްތަކާއި، ސޯލާ އެނާޖީ ޓްރާންސިޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒު ފުރިހަމަކޮށް ހުޅުވާލުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ވާހަކަވެސް ލީޗުންއާއި ހިއްސާކުރެއްވިކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ރައީސް މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމާއި ފުޅާކުރުމުގެ އިތުރަށް ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް 2024 ވަނަ އަހަރުގެ ޓޫރިސްޓް ސީޒަންގެ ނިޔަލަށް ނިންމާލުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން