މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ތިން ބޭފުޅަކު ކުރިމަތިލައްވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރަކު މެންބަރަކު ވިދާޅުވީ މިއަދު ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި ހޯރަފުށީގެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު، ސައްލެ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ ޕީޖީ ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުން ނެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މިއަދު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިރޭ 08:30 ގައި މަޖިލީހުގައި ބާއްވާ ޖަލްސާއަކުން އައު ނައިބު ރައީސް ހޮވަން ވޯޓު ނަގާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާންކުރެއްވީ މިއަދުގެ މަޖިލީހުގައި އޭނާ ވަކިކުރަން ހުށަހެޅުނު ގަރާރަށް ކުރެވުނު ބަހުސްއަށް ޖަވާބުދާރީ ވެވަޑައިގަތުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޙަސަންބެއްޔާ

03-Dec-2023

ރޮޒޭނާ ތިޔަކަމަށް ދަތް ހަނުލައިގެން ހުންނަތާ ލައްކަދުވަސްވެއްޖެ. ވަރަށް އީވާޔަށް ވާހިތުން އުޅެނީ. ޢެގޮތަށް ހެދުންއެޅުމާއި ފުނާއެޅިޔަސް އީވާގެ ހުރި އުރަތްޕެއް ތިޔަކުނެތް!



ޓްރެންޑިން