ދަ ޑިމޮކްރެޓްސްގެ ރައީސް ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާއާއި ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް އެ މަގާމަށް ވާދަކުރެއްވި ޙުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ.

އަމްރު މިފަދައިން ވިދާޅުވީ އިއްޔެ އެޕާޓީން ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުން ލަސްކުރަމުން ގެންދާ މައްސަލައަށް ޢިޝާރާތް ކުރައްވަމުންނެވެ. އެހެން ނަމަވެސް، އޭނާއާއި ވާދަކުރެއްވި ހަސަން ލަތީފް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވިކަން މީސް މީޑިއާ އެކައުންޓް މެދުވެރިކޮށް ހާމަކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން އަމްރު ވިދާޅުވީ ރަސްމީކޮށް ނަތީޖާ ހާމަކުރަންދެން، އަދި އިއްޔެގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާން ނުކުރާން ހުންނެވި ކަމަށެވެ. އަދި ކޮންމެ އިންތިޚާބެއްގައިވެސް ކޮންމެވެސް އެއް ބޭފުޅަކު މޮޅުވެ، އަނެއް ބަޔަކު ބަލިވުމަކީ ޤަބޫލުކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރެއްވީ އެންމެންގެ މަސްލަހަތަށް ވިސްނަވާފައި ކަމަށް އަމްރު ވިދާޅުވިއެވެ.



އަމްރު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާއި ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގަތަސް އެކަމާމެދު އިތުރު އެއްޗެއް ވިދާޅުވެލައްވަން ބޭނުންނުވާ ކަމަށެވެ. މި މޭރުމުން އިތުރަށް ވާހަކަދައްކަވަމުން އަމްރު ވަނީ އޭނާއާއިއެކު ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި މަސައްކަތްކުރެއްވި ކެމްޕެއިން ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން ވަކިކުރެއްވި އަމްރު ވަނީ ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް އޭނާ ވަރަށް ބައިވަރު ގުރުބާނީތަކާއި ކުރިމަތިލެއްވި ކަން ފާހަގަކުރައްވާފައެވެ. އަދި މި އިންތިޚާބުން ނާކާމިޔާބީއާއި ކުރިމަތިވިޔަަސް، އެކި އިންތިޚާބުތަކުން ލިބުނު ކާމިޔާބީތަކަށް ޝުކުރުވެރިވާ ކަމަށްވެސް އަމްރުގެ ވާހަކައިގައި ފާހަގަކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން