ނ. ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެތަނުގެ ފައުންޑޭޝަން އަދި ބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މިމަޝްރޫޢުގެ ދަށުން ސައިޓް ކްލިއަރ ކުރުމާއި އެކްސްކަވޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މި އިމާރާތުގައި، 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި ވޯރކްޝޮޕެއް ހިމެނޭނެކަމަށެވެ.



މި މަޝްރޫޢަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން