ނިރުބަވެރި އިޒްރޭލް ސިފައިން ދިން ހަމަލާތަކުގައި 24 ގަޑިއިރު ތެރޭގައި 700 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިކަމާއި ގުޅިގެން ހަމާސްއިން ބުނީ އެޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން ދޫކޮށްލުމުގެ މަޝްވަރާތައް އަލުން ކުރިއަށް ގެންދެވޭނީ ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލުމުން ކަމަށެވެ.

އިޒްރޭލުން ޣައްޒާގެ ދެކުނުގައި ތިބި މީހުން އެސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވާއިރު ސިފައިންގެ އަމުރަށް ޣައްޒާގެ ގިނަ ބަޔަކު ވަނީ ދެކުނަށް ބަދަލުވެފައެވެ. ގެދޮރު ގެއްލިފައިވާ ޙާލުގައި ޣައްޒާގައި ހުންނަ އދ.ގެ ސްކޫލެއްގައި ވަގުތީގޮތުން ބޯހިޔާވަހިކަން ހޯދަމުންދާ މީހުންގެ މެދުގައި ހެޕަޓައިޓިސް އޭގެ ބަލިމަޑުކަން ފެތުރިފައިވާ ކަމަށް އދ. އިން ހާމަކޮށްފައި ވެއެވެ.

ޣައްޒާއަށް ވައިގެ މަގުން ހަމަލާދެމުންދާއިރު، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކަށް ހަމަލާދީ ޝަހީދުކުރުމުގައި އިޒްރޭލުން ދަނީ އެޤައުމުގެ ޢާންމުންނަށްވެސް ހިތްވަރުދެމުންނެވެ. އެގޮތުން، އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އާބާދުކުރަމުންދާ ޒަޔަނިސްޓުން އަތަށް ހަތިޔާރުވެސް ދީ ހަދައެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވީ މީހުންގެ އަދަދު ވަނީ 15،207 އަށް ވުރެ އިތުރުވެފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުސިންނާއި އަންހެނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން