ރާއްޖޭގައި ތިބި ސިފައިން އަނބުރާ ގެންދަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެގައުމުގެ ސަރުކާރަށް ވެސް އަންގާފައިވާ ކަމަށެވެ. އިންޑިއާ ސިފައިންގެ މައްސަލައިގައި އިންޑިއާގެ އެންމެ އިސް ބޭފުޅުންނާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މިއަދާ ހަމައަށް ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިޔާ ސިފައިންގެ މައްސަލައިގައި ޓެކްނިކަލް ލެވެލެއްގައި ދެ ގައުމުން އެކަމުގައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލޭނެ ކަމަށާއި މިހާރު ކުރިއަށްގެންދާ ރީތި ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އެކަން ވަރަށް އަވަހަށް ހާސިލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަތީ ލެވެލްގެ ކޮމެޓީ އެއް އެކުލަވާލަން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ދުބާއީގައި ކުރިއަށްދާ ކޮޕް-28 ގެ ހަވާސާގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަޙްމާދު

04-Dec-2023

އިންޑިއާސިފައިންގެންދަން އެއްބަސްވެެއްޖެކަމަށް ވިދާޅުވަނީ ހަމައެކަނި އެމަނިކުފާނެވެ. އިންޑިއާގެ ކަމާބެހޭ އެއްވެސްބޭފުޅެެއް މިކަމާއިގުޅިގެން އެއްވެސް އެއްޗެއްވިދާޅެއްނުވެއެވެ. އިންޑިއާސަރުކާރަށް އެނގޭ ވެރިކަންހޯދަން އިންޑިއާސިފައިންނޭކިޔައިގެން ހެދި ބޮޑެތި ދޮގުތައް .އަޅެލަދެއްހުރިނަމަ މިފަދަވާހަކަތަކެއް ނުދެއްކީސްކަންކަށަވަރު.



ޓްރެންޑިން