އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހި، މޮރިޝަސްއަށް ދިނުމަށް ގެންގުޅުނު ވިސްނުން އިނގިރޭސިވިލާތުން ދޫކޮށްލައިފިއެވެ.

ރާއްޖޭގެ ދެކުނުން 310 މޭލު ބޭރުގައި އޮންނަ ޗާގޯސްއަކީ އިނގިރޭސިިންގެ ބާރުގެ ދަށުގައި އޮންނަ ޖަޒީރާ ރަށް ތަކެކެވެ. މި ތަން އޮންނަނީ މިލިޓަރީ ބޭސްއެއް ހިންގުމަށް އެމެރިކާއަށް ދީފައެވެ. ނަމަވެސް އދއިން ވަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން ޗާގޯސް މިނިވަންކޮށް، މޮރިޝަސްއާ ހަވާލުކުރަން އަންގާފައެވެ.

އދގެ އެންގުމާއި ގުޅިގެން އިނގިރޭސި ސަރުކާރުން ވަނީ ޗާގޯސް ހަވާލުކުރުމުގެ ޕްލޭންތަކެއްވެސް އެކަށައަޅާފައެވެ. ނަމަވެސް އިނގިރޭސި ނޫސްތައް ބުނާގޮތުން ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހި، މޮރިޝަސްއަށް ދިނުމަށް ގެންގުޅުނު ވިސްނުން އިނގިރޭސިން ދޫކޮށްލައިފިއެވެ.

ހަބަރުތައް ބުނާގޮތުން މޮރިޝަސްއަށް ޗާގޯސް ދިނުމަށް ގެންގުޅުނު ވިސްނުން އިނގިރޭސިން ދޫކޮށްލީ އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީއާއި ފޮރިން ސެކްޜެޓަރީއާ ދެމެދު ބޭއްވުނު ވާހަކަތަކަކަށްފަހުއެވެ.

މި ނިންމުން މިގޮތަށް އައި މައިގަނޑު ސަބަބަކީ މޮރިޝަސްއަކީ ޗައިނާއާ ގުޅުން ބޮޑު ޤައުމަކަށްވުމުންކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން މޮރިޝަސްއަށް ޗާގޯސް ދީފިނަމަ އެމެރިކާއާއި އިނގިރޭސިންގެ ބައިވެރިންގެ މަސްލަހަތަށްވެސް ބުރޫ އަރާނެކަން އެ ޤައުމުން ފާހަގަކުރެއެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ނުދޭން އިނގިރޭސިން ނިންމުމާއެކު، މޮޮރިޝަސްއިން އެކަމާއި ދެކޮޅަށް ތެދުވާނެކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން