ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އިންތިހާބު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ކަމުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސަކު ކަނޑައެޅުމަށް މިރޭ ނެގި ސިއްރު ވޯޓްގައި އެެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގަތީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އާ ނާއިބް ރައީސް އަހުމަދު ސަލީމް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއްކަން މި ވޯޓުން ހާމަވެގެންދިޔަ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެ ޕާޓީގެ ތެރެއިން ކުރިއެރުން ހޯދޭނެކަން ވޯޓުން ހާމަވާކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

މިރޭ ބޭއްވި މަޖިލިސް ޖަލްސާގައި ސަލީމް ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން