ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާ ނައިބް ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އިންތިޚާބު ކުރެއްވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށެވެ. ސަލީމް ވިދާޅުވީ އެމްޑީޕީއަކީ ހަގީގީ ޑިމޮކްރަޓިކް ޕާޓީ އެއް ކަން ރޭގެ ވޯޓްގެ ނަތީޖާއިން ހާމަވެފައިވާ ކަމަށެވެ.

"މިވޯޓުގެ ނަތީޖާއިން އަނެއްކާ ވެސް ފެނިގެން މިދިޔައީ އެމްޑީޕީއަކީ ހަގީގީ ޑިމޮކްރެޓިކް ޕާޓީކަން. ކޮންމެ މީހަކަށް ވެސް ފުރުސަތު އޮތް. ކޮންމެ މީހަކު ވެސް ކުރިއަށްދާން މަގު ކޮށައިދޭ ޕާޓީއެއްކަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ،" މަޖިލީހުގެ އާ ނާއިބް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ މިވަގުތަކީ ގައުމު އިސްކޮށް، މަސްއޫލިއްޔަތާއި، ޒިންމާތަކާއި، ވާޖިބުތަކާއި، މަތިވެފައިވާ މަސައްކަތްތަކާއިގެން ކުރިއަށްދާންވީ ވަގުތު ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ މިގައުމުގައި މިއަދު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށެވެ. އެގޮތުން އެމްޑީޕީން ސަރުކާރަށް ފާރަވެރިވާނެ ކަމަށާއި، ސަރުކާރުން ކަން ކުރާ ގޮތާއި މެދު ފުންކޮށް ބަހުސްކޮށް މަޖިލީހަށް ފެންނަ އެންމެ ރަނގަޅު މަގުން މަގުދައްކައިދޭނީ އެމްޑީޕީން ކަމަށް ސަލީމް ވިދާޅުވިއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އަލުން ބޭފުޅަކު އިންތިޚާބުކުރީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާދެއްވުމުންނެވެ. އީވާ އިސްތިއުފާ ދެއްވީ އެކަމަނާގެ އިތުބާރުގެ މައްސަ ކުރިއަށް ގެންދިއުމަށް މަޖިލީހުން އިއްޔެ ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން