އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު (މ) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މައުލޫމާތު ދެއްވަނީ
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު (މ) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މައުލޫމާތު ދެއްވަނީ
އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލުމުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ނަގައިދިނުމަށް އެދެމުންދާތީ ބަދަލުދިނުމާއި ބެހޭ އުސޫލެއް ސަރުކާރަށް ހުށައެޅުއްވުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނިއްމަވައިފިއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިކަން ހާމަކުރައްވާފައިވަނީ އުތުރު ޕްރޮވިންސް ގައި ފެރީ ދަތުރުގެ ނިޒާމު ގާއިމުކޮށް ހިންގުމަށް 2010 ވަނަ އަހަރު ފެށި ޕްރޮޖެކްޓްގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއެކު މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ބަދަލު ދިނުމާއި ގުޅޭގޮތުން ދުނިޔޭގެ އެހެން ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ. މިގޮތަށް ބަލާއިރު ފުރަތަމަ ކަމަކަށް އެއްބަސްވުން ބާތިލްކުރަނީ ކޮން ފަރާތަކުންތޯ ބަލަންޖެހޭ ކަމަށާއި އެއްބަސްވުން ބާތިލް ކުރަނީ ސަރުކާރުގެ އިހުމާލުން ކަމަށްވާނަމަ އެއްބަސްވުން ބާތިލްކޮށްގެން ވާ ގެއްލުމުގެ ބަދަލު ފުރަތަމަ ދުވަހުން ފެށިގެންވެސް ދޭންފަށަން ޖެހޭނެކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.

"އުފަންނުވާ ވިޔަފާރިއަކަށް ބަދަލުދިނުން އެއީ އޮންނަ ގޮތެއްނޫން. އެއްވެސް ތާކު ކުރާކަމެއްނޫން އެއީ. ޕޭޕަރ ކުންފުނިތައް ހަދާފައި ދެން ބޮޑެތި ބަދަލުތައް ހޯދުމަށް ކްލެއިމް ކުރަނީ." ޒިޔަތު ވިދާޅުވިއެވެ.

މީގެ އިތުރުން ހަތަރު ފަސް އަހަރުގެ ވިޔަފާރިއެއް ކުރަމުން އައިސް ހުއްޓުމަކަށް އައުމުން ބައެއް ފަހަރު ދައުލަތުން ބަދަލުދީފައި އެބަހުރިކަން އޮޑިޓަރ ޖެނެރަލް ކޮމެޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އެއީ އެމީހުންނަށް އެވިޔަފާރި ފެއްޓުމުގެ ފުރުސަތު ދިނުމުގައި ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެހެންކަމުން ބަދަލުދިނުމާއި ގުޅޭގޮތުން އޮޑިޓް އޮފީހުން އެކުލަވާލާ އުސޫލުތަކުގައި ހިފެހެއްޓުމަށް އޮޑިޓަރ ޖެނެރަލް ޒިޔަތު ވަނީ އެދިވަޑައިގެންފައެވެ.

އުތުރު ޕްރޮވިންސްގެ ފެރީ ނިޒާމު ގާއިމުކުރުމަށް ހަވާލުކުރި ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ވަނީ ނިއްމާފައެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ސަރުކާރުން ދޭން ނިއްމި އެ ފައިސާ ނުދިނުމަށް އޮޑިޓަރ ޖެނެރަލް މިހާރު ވަނީ އަންގަވާފައެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަމަށް ބުނެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން