ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަހުމަދު ސިރާޖު ހަމަޖައްސައިފިއެވެ.

މިކަން އިޢުލާންކުރެއްވީ މިއަދުގެ މަޖިލީސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.

އެމްޑީޕީ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ވަޑައިގަތް ސިރާޖް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާއި ގުޅިވަޑައިގަތީ މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. ސިރާޖެ ޕީއެންސީގެ ޕީޖީ ލީޑަރގެ ގޮތުގައި ހަމަޖެއްސީ ކުރިން އެ ޕާޓީގެ ޕީޖީ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ސަރުކާރުގެ މަގާމަކަށް ޢައްޔަންކުރެއްވުމާއި ގުޅިގެންނެވެ.

ވެރިކަން ބަދަލުވުމާއި ގުޅިގެން އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރކަމާއި ހަވާލުވެވަޑައިގަތުމަށްޓަކައި ފަޒުލް ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ފަޒުލްގެ ކުރިން މި މަގާމު ފުރުއްވީ އޭރުގެ މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފަކީ މިހާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ޕާޓީއާއި ވަރަށް ފަހުން ގުޅިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އެއީ ސިރާޖްއާއި ތުލުސްދޫ ދާއިރާގެ މެންބަރ އިބްރާހީމް ނަސީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން