ޕީސީބީގެ މަޝްވަރާއެއް ކުރިއަށް ދަނީ (ފައިލް)
ޕީސީބީގެ މަޝްވަރާއެއް ކުރިއަށް ދަނީ (ފައިލް)
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް މި ސަރުކާރުން އައްޔަންކުރެއްވި ފަސް މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ފޮނުވާފައިވަނީ މި ސަރުކާރުން ޕީސީބީގެ ރައީސްކަމަށް ޢައްޔަނުކުރެއްވި ހަމްދީ އަގީލް އާއި އިތުރު 4 މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލައެވެ. ޕީސީބީގައި ޖުމްލަ 7 މެންބަރުން ތިއްބަވާއިރު ދައުރު ހަމަނުވެ މިވަގުތު އިންނެވީ ނައިބު ރައީސް މުހައްމަދު ފިރާޒް އެކަންޏެވެ.

ޙަމްދީގެ އިތުރުން މިސަރުކާރުން އިކޮނޮމިކްސް ދާއިރާއިން ބޯޑަށް ޢައްޔަނުކުރެއްވި ހަސަން ޒަރީރު އާއި، އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން ބޯޑަށް ޢައްޔަނުކުރެއްވި އަހުމަދު މުޝްތާގު އާއި، ބޭންކިންގެ ދާއިރާއިން ބޯޑަށް ޢައްޔަނުކުރެއްވި ލީނާ އަބްދުލް ޖަލީލް އާއި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބޯޑަށް ޢައްޔަނުކުރެއްވި މޫސާ ފަތުހީ އާދަމްގެ ނަންފުޅު ދިރާސާ ކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އެހެން ނަމަވެސް ޕީސީބީއަށް ގާނޫނީ ދާއިރާއިން އައްޔަންކުރެއްވި މެންބަރު އަހްމަދު ނަޝާތުގެ ނަން ކޮމިޓީއަށް ފޮނުއްވާފައެއް ނުވެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން