އަމީނީ މަގުގައި ނުނިމި އޮތް ބައިގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ބުނީ މިނިސްޓްރީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިކަމުގެ މަޝްވަރާތައް މިއަދު ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ދެފަރާތުން ވަނީ އަމީނީ މަގުގެ އެންމެ ފަހު ސެގަމަންޓް 12 އަދި 13ގެ މަސައްކަތްތައް ފެށުމަށް ނިންމާފައެވެ.

މިހާރު އާރްޑީސީން ދަނީ އަމީނީ މަގު ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްގެންދިއުމުގެ މަސައްކަތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން، އަމީނީ މަގުގެ ޓްރެފިކް ފްލޯއަށާއި ރާއްޖެ ޓްރާންސްފޯޓް ލިންކްގެ ބަސް ރޫޓުތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އަމީނީ މަގުގެ މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްގެންގޮސް ނިންމާފައިވަނީ ސެގްމަންޓް 11 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން