އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އަލުން ބައިވެރިވެ ވަޑައިގަންނަވާން ފަށްޓަވައިފިއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވަން ފަށްޓަވާފައި މިވަނީ މިދިޔަ ރިޔާސީ އިންތިހާބަށްފަހު ސިޔާސީ ކަންކަމާއި ދުރުގައި އެމަނިކުފާނު ހުންނެވުމަށްފަހުއެވެ.

ރައީސް ސާލިހު މިއަދު ވަނީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އިންތިޚާބާބެހޭ ކޮމިޓީގެ މެންބަރުންނާއި އިންތިޒާމްކުރުމާބެހޭ ކޮމިޓީގެ މެންބަރުންނާއި ޕާޓީގެ ރައީސް ޔޫތު އެންޑް ރިސޯސް ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް މި ބައްދަލުވުންތަކުގައި ދެއްކި ވާހަކަތަކެއް ނޭނގެއެވެ.



ކުރީގެ ރައީސް ސާލިހު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އަލުން ބައިވެރިވާން ފަށާފައިވާއިރު ޕާޓީގެ ވަގުތީ ރައީސަކަށް އެމަނިކުފާނު އައްޔަންކުރަން މިމަހުގެ 23 ވަނަ ދުވަހު ވަނީ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 47 މެމްބަރުން ވަނީ ރައީސް ސޯލިހް ވަގުތީ ރަައީސަކަށް އައްޔަންކުރަން ވޯޓް ދެއްވާފައެެވެ.

އެމްޑީޕީން ބުނީ އެޕާޓީއަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ބާއްވާނެ ކަމަށެެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެެވެ. ނަޝީދު އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި މިހާރު ވަނީ ޕާޓީއެއް އުފައްދަވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން