ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިކަން ރައީސް އޮފީހުން އިޢުލާންކުރީ މިއަދުއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހާއި އަދި 19 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުގެ ކައުންޓަރުންނާއި އެ އޮފީހުގެ ވެބްސައިޓުންނެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރިޞަތު ރައީސް އޮފީހުން ހުޅުވާލީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން