އަހުމަދު ޝާހް   5 ޑިސެމްބަރު 2023 - 21:25
ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާބެހޭ ޤާނޫނުގެ ބަދަލުގައި އައު ޤާނޫނެއް އެކުލަވާލައި، އެބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާބެހޭ ޤާނޫނަކީ 1996 ވަނަ އަހަރު އެކުލަވާލާފައިވާ ޤާނޫނެކެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ. މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 53 މެންބަރުންނެވެ. އެއް މެންބަރަކު ވަނީ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

މިއަދު އަލަށް ފާސްކުރި ކުންފުންޏާ ބެހޭ ބިލަކީ ރައީސް ޞާލިޙްގެ ސަރުކާރުން މަޖިލީހަށް ހުށައެޅުއްވި ބިލެކެވެ. މި ބިލުގައި ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމާއި، އެނޫންވެސް ކަމާބެހޭ ކަންކަމުގައި ޢަމަލުކުރަމުންދާ އުޞޫލުތައް ހަރުދަނާކޮށް އާ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށް ހިމަނާފައިވެއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާއިބެހޭ ޤާނޫނަކީ އަހަރުތަކެއް ކުރިން ހަދާފައިވާ ޤާނޫނަކަށްވުމާއެކު އެ ޤާނޫނު މި ޒަމާނުގައި ވިޔަފާރީގެ މާހައުލަކަށް ނުފެތޭކަމަށް ވިޔަފާރީގެ ދާއިރާގެ ހަރަކާތްތެރިވާ ގިނަ ބަޔަކު ބުނެއެވެ. އެހެންކަމުން ސަރުކާރުން ދަނީ ކުންފުންޏާއިބެހޭ ޤާނޫނުގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި އެހެން ޤާނޫނުތަކަށްވެސް ޒަމާނީ އިސްލާހުތައް ގެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން