ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ އެ ނިންމުން ހާމަކުރީ މީގެ އިރުކޮޅެެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓުން 50 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިނަރެސް ފްލެޓުގެ މަހު ކުލިން އެވްރެޖުކޮށް 4200ރ. ކުޑަ ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ވިއްކަން ހުޅުވާލުމުން ހުރިހާ ފްލެޓެއް މިހާރު ވަނީ ވިކި ހުސްވެފައެވެ. އާބަންކޯއިން ބުނީ ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހިންގާފައިވާ ވިނަރެސް މަޝްރޫއުން ފްލެޓް ގަތް މީހުންގެ ތެރެއިން މިހާތަނަށް 280 އަށްވުރެ ގިނަ ފަރާތާއެކު އެގްރިމެންޓްގައި ސޮއިކޮށްފައިވާކަމަށެވެ. ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން