މީގެކުރިން އެސްޓީއޯގެ ސަބްސިޑަޔަރީއެއްގެ ގޮތުގައި ހިންގި ސަރުކާރުގެ މަސްކުންފުނި، މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢއިްޒު ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރެއްވިކަން އިޢުލާންކުރައްވައިފައެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ވުޖޫދުކުރި މިފްކޯ ވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ. އޭރު ބޮޑެތި ގެއްލުންތައް ވަމުމުން ދިޔަ މިފްކޯ ބަނގުރޫޓުވުމާއި ގާތްވުމުން، އެކުންފުނި ވަނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ހަދާފައެވެ.

"(މިފްކޯ ވަކި ކުންފުންޏަކަށް ހެދުމުގެ) ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި، މަސްވެރިންނަށް އަޅުގަނޑު ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި މަގުފަހިކުރުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ބޭނުންފުޅު ވަނީ މަސްވެރިންގެ ކޯޕަރޭޓިވް އެއް އުފައްދައި އެ ކޯޕަރޭޓިވްގެ ހިއްސާދާރަކަށް މިފްކޯ ހެދުމަށެވެ. އެ ރިޔާސީ ވައުދު ފުއްދެވުމަށް މަގުފަހިކުރެވޭނީވެސް މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހަމަޖެހިގެން ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން