އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެެވެ.

އާސަންދައިގެ ދަށުން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ދޭން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންްމެވުމުގެ އިތުރުން އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރު އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިންމީ އައިވީއެފް ޓްރީޓްމަންޓު ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ފަރުވާ ހިމެނޭހެން އާސަންދަ ސްކީމްގެ ތެރެއިން އެ ފަރުވާ ހިމަނައި ގަވާއިދު އިސްލާހުކޮށް އުސޫލެއް އެކުލަވާލައި ގެޒެޓް ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުން ވެސް އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މިހާރު އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރުގެ އިތުރުން އައިވީއެފް ފަރުވާއަަށް ހާއްސަ ސެންޓަރެއް ގާއިމުކުރެވިގެން ދާނެ ކަމަށާއި އެ ސެންޓަރު ހިންގަން ހާއްސަ ބަޖެޓެއް ވެސް އެކުލަވައިލާ 30 މިލިއަނެއްހާ ރުފިޔާ އެ ކަމަށް ހިމަނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެެވެ. އަދި އެކަމަކީ ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމަވާފައިވާ ކަމެއްކަންވެސް ފާހަަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން