އުސޫލުގެ ތެރެއިން 50 މީހުން ފުރަތަމަ އަހަރު ހިލޭ ހައްޖަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ އަހަރަކުވެސް ހިލޭ ހައްޖަށް ފޮނުވާނީ އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ބަޔަކު ކަމަށެވެ. އަދި ބަލަންޖެހޭ މިންގަނޑުތައް ބަލާފައި ޝޯޓްލިސްޓް ކުރެޥޭ މީހުންގެ ތެރޭގައި ގުރުއަތު ލެވޭނެ ކަމަށާއި ގުރުއަތު ލާނީ އިލެކްޓްރޮނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހިލޭ މީހުން ހައްޖަށް ފޮނުވާ އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށާއި، އުއްމީދަކީ 5 އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވަނީ ދައުލަތުގެ ހަރަދުގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

"ފަސް އަހަރު ތެރޭގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވުން (އަމާޒަކި). ފުރަތަމަ (ފޮނުވާނީ) 50 މީހުން. އެކި އަހަރު އަދަދުތައް ތަފާތުވާނެ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން