ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދެނެގަނެވިފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި ރަސްމީ އަދަދު ދެނެގަނެވިފައިނުވާ ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުން އެކި ފަހަރު ހުރީ އެކި އަދަދުތައް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވީނަމަވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް މުޢިއްޒު މިއަދު ވިދާޅުވިއެވެ.

"ލިބުނު ލިޔުންތަކުން އެކި ފަހަރު ހުރީ އެކި އަދަދު އައިސްފައި. 77 އިން ގޮސް 89 އަށް އެބަދޭ، ދެން އެވެސް ސާފެއް ނޫން. އެއަށް ވުރެ ވެސް އިތުރުވެދާނެ. ހުރިހާ މައުލޫމާތެއް އަދިވެސް އެއްކޮށް ސާފުވީ ކަމަކަށް ނުބެލެވޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދަން ރައީސް މުޢިއްޒު ވަނީ އިންޑިޔާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑަައިގެންފައެވެ. ދިވެހި ސަރުކާރުގެ އެދުމާ އެއްގޮތަށް އިންޑިޔާ ސިފައިން ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން