ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވިއްކާފައިވާ 49 ފަޅުރަށުން ދައުލަތަށް 210 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ބުނެފިއެވެ.
ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެމަނިކުފާނަށް މިއަދު ވަނީ އަރުވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން އެމަނިކުފާނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ، މިދިޔަ ސަރުކާރުގައި ރަށްތަކާއި ފަޅުތައް ދޫކޮށްފައި އޮތީ ގާނޫނީ އިމުގެ ބޭރުން ކަމަށެވެ.
އައްސަދު ވިދާޅުވީ، ރަށްތައް އަގު މަގުކުރާނެ އުސޫލެއް އޮތް ނަމަވެސް ފަޅުތައް އަގު މަގުކުރާނެ އުސޫލެއް ނެތް ކަމަށެވެ. އެހެންކަމުން، އަގުތައް ބަލާފައި ވަނީ ރަށްތައް ހިމަނައިގެން ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ދައުލަތަށް ނުލިބިގެން އުޅެނީ 77 މިލިއަން ރުފިޔާ ނޫންކަމަށް އައްސަދު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް 37 ރަށް އަދި 12 ފަޅު ދޫކޮށްފައިވާއިރު އެ ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އަދި އެރަށްތަކާއި ފަޅުތައް ދޫކޮށްފައި ވަނީ ނުއަގުގައި ކަމަށްވެސް އައްސަދު ވިދާޅުވިއެވެ.
އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 210 މިލިއަން ޑޮލަރު ނުވަތަ 3.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
ފަޅުތައް ހިމަނައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅާނަމަ، ހަތަރު ބިލިއަނަށް ވުރެ މައްޗަށް އަރައިގެންދާނެ ކަމަށް އައްސަދު ވަނީ އަންދާޒާ ކުރައްވާފައެވެ. އަދި އެފައިސާގެ ތެރެއިން މިހާތަނަށް ދައުލަތަށް ލިބިފައި ވަނީ 1.1 މިލިއަން ޑޮލަރު ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ ކޮމިޝަނުން ހިންގި ތަހުގީގުން ހާމަވީ ރާއްޖޭގެ އެންމެ އަގުބޮޑު މުދާ ނުހަމަގޮތުގައި ބޭނުންކޮށްފައިވާ ކަން ކަމަށެވެ. އަދި އެއީ ޕްލޭން ކޮށްގެން، އެތައް ބަޔަކު ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަން އައްސަދު ވަނީ ސިފަކުރައްވާފައެވެ. މީގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު