ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއާއި އެމްޑީޕީން ގުޅިގެން ވާދަކުރުމަށް ދެ ޕާޓީން މަޝްވަރާ ފަށައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފައިވާކަމަށެވެ.

މިގޮތުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް މަޝްވަރާގައި ނިންމާފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީއާއެކު މަސައްކަތްކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން