ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެކަމަށް ކައުންސިލްތަކާއިބެހޭ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ގިނަ ވައުދުތަކެއް ތަންފީޒުކުރަން މިއަދު ނިންމެވުމާއި ގުޅިގެނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ގިނަ ކަންތައްތަކެއް އިއުލާންކުރެއްވިއިރު، އޭގެތެރޭގައި ހިލޭ އައިވީއެފް ހެދުމާއި، ހިލޭ މެޑިކަލް ޗެކްއަޕް ހެދުމާއި އަދި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުން ހިމެނެއެވެ.

މިކަންކަން ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް ރަނގަޅު އަސަރުކުރާ ގިނަ ކަންކަން ރައީސް މުއިއްޒުގެ ކެބިނެޓްގައި މިއަދު ނިންމެވުމަކީ އެމަނިިކުފާނުގެ ޒައާމަތުގައި ރައްޔިތުންގެ ކުރި މަގު އުޖާލާވާނެކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.



އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވާނެކަން ޔަގީންކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ކަންތައްތަކެއް ފުއްދަވާނެކަމުގެ ވައުދާއެކުއެވެ. އޭގެތެރެއިން ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރާނެ ކަންތައްތަކެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން