ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުން ފައިބައިވަޑައިގަތީ އެތައް ޢާންމުންނަށް ދޭން ޖެހޭ ފައިސާ ނުދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިފަދައިން ވިދާޅުވީ ފެނަކައިގެ މުވައްޒަފުން ވަކި ކުރަމުން އަންނަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، ޙުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އިންތި ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް ކޮންޓްރެކްޓް އުސޫލުން ވަގުތީ މުވައްޒަފުން ނަގާފައިވަނީ ހަމައެއް ލަމައެއް ނެތި ކަމަށެވެ. އަދި އެ ހުރިހާ އެންމެންނަށް މުސާރަ ދިނުމަށްޓަކައި ލޯނުގެ މައްޗަށް ލޯނު ނަގައި ރާއްޖެ ދަރުވާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެގޮތުން ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ ބަޔަކަށް ކުދިކުދި ރަށްރަށުން ވަޒީފާ ދެއްވީވެސް ބިރުދައްކައިގެން ވޯޓު ހޯއްދެވުމުގެ ބޭނުމުގައި ކަމަށް އިންތި ވިދާޅުވިއެވެ.

"އާއިލާތައް ގަނެލުމަށް ސިޔާސީ ބޭނުމަށްޓަކައި ކުދިކުދި ފަޅު ރަށަކަށް ވިޔަސް ވަޒީފާ ހަމަޖައްސަމުން ދަނީ. ޤައުމުގެ އިޤްތިޞާދީ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށްވާ މަސްވެރިކަން ފުޑާލާފަ ސިޔާސީ މަޤާމުތަކެއް ދިނީމަ އެ ލިބޭ ލަނޑު މިހާރު އެ ފަރާތްތަކަށް ލިބެމުންދަނީ. ޕީސީބީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓްގައި ބުނަނީ ޕީޕީއެމް ސަރުކާރު ނިމިދިޔައިރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 18666، އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު 33566 ވަޒީފާ (ކުންފުނި ތަކުގައި)، ސިޔާސީ ވަޒީފާ ވަނީ އިތުރުވެފައި. ބެލުމެއް ނެތް ރާއްޖޭގެ މާލީ ހާލަތަކަށް." އިންތި ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ފުރަތަމަ ދައުރުގައި އެމްޑީޕީގެ ތެރޭގައި ހެސްކިޔާފައި މަސައްކަތްކުރި މީހުނަށް ފަހު ވަގުތުގައި ދެވަނަ ދައުރަކަށް ތާއީދުނުކުރީމާ އެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރުމަށް ޗިޓު ބަހަމުން ދިޔަ ކަމަށް އިންތި ވިދާޅުވިއެވެ. މިގޮތަށް ވިދާޅުވަމުން އޭނާ ވަނީ ނިމިގެންދިޔަ ސަރުކާރު، "ބޭއިންސާފުވެރި" ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން ފެނަކައިން ޕްރައިވެޓް ސެކްޓަރުގެ ކުންފުނި އަދި ވިޔަފާރިތަކަށް ދެ ބިލިއަން ރުފިޔާ ދައްކަންޖެހިފައިވާކަން ފާހަގަކުރައްވަމުން އިންތި ވިދާޅުވީ ރައީސް ޞަލިހު ވަޑައިގެންނެވީ އެ ފައިސާވެސް ނުދައްކަވާ ރައީސް ޞާލިޙް ފައިބައިގެންގޮސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހުސޭނުބެ

06-Dec-2023

ތިބާއާއި ތިޔަ ހުރިހާ ބާޣީން ތިޔަ ތިބީ އެންމެ ފަހު ގޮޑީގައެވެ. ދެން ތިޔަ ދާއިރާ އަދި އެނޫން ދާުއިރާއެއްވެސް ވޯޓަކުން ވިއްޔަކާ ނުހޮވޭނެއެވެ. މީވެސް ގާތް މީހުނަށް ވަޒީފާ ނުލިބުނީމާ ހަޖަމު ނުވި މީހެކެވެ.



ޓްރެންޑިން