ކުލި ކުޑަކުރުމުގެ އިތުރުން ހިޔާ ފްލެޓްގެ އަގުން ލައްކައެއްހާ ރުފިޔާ މައާފްކޮށްފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ހިޔާ ފްލެޓްގެ ފިނިޝިންގ ހަރަދަށް ދިޔަ ފައިސާ އަނބުރާ ދެއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ ދަށުން ފްލެޓްގެ ކުލިން އެ ފައިސާގެ އެއް ބައި އުނިކޮށްފައިވާކަމަށެވެ. ނަމަވެސް ބާކީ ފައިސާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލުކުރަމުންދާކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވީ ކުލި ކުޑަކުރުމުގެ އިތުރުން، ފްލެޓްގެ އަގުންވެސް ލައްކައެއްހާ ރުފިޔާ މައާފްކޮށްފައިވާކަމަށެވެ.

ފަޒުލް ވިދާޅުވީ ކުލި ކުޑަކުރުމުންނާއި ފްލެޓްގެ އަގުން އެއް ބައި މައާފްކުރުުމުން ކުލި ދައްކާ ނިންމުމަށް އޮތް 27 އަހަރުގެ މުއްދަތު 26 އަހަރަށް ކުޑަވެފައިވާކަމަށެވެ.

"ކުރިން 27 އަހަރާއި އިތުރު މަސްތަކަކަށް ކުލި ދައްކަން ޖެހޭގޮތަށް އޮތީ. މިހާރު ގެނައި ބަދަލުން ދެން ކުލި ދައްކަންޖެހޭނީ 26 އަހަރާއި 3 މަހު. އެހެންވީމަ އެއީ ވަގުތުން ވަގުތަށް ލިބިގެންދިޔަ ޑިސްކައުންޓް." ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ކުލި ކުޑަކޮށްގެން، އަދި އަގުގެ އެއް ބައި މައާފްކޮށްގެން ކުންފުންޏަށް ލިބޭނެ ގެއްލުމެއް ނޯންނާނެކަމަށެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 8000 ރުފިޔާއެވެ. ނަމަވެސް ރިޔާސީ އިންތިހާބާއި ދިމާކޮށް 5700 ރުފިޔާއަށް ކުލި ވަނީ ކުޑަކޮށްފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވަން އިއްޔެ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

މިއަދު

08-Dec-2023

ހިޔާފުލެޓަށް ފޯމުހުށައާ ފުލެޓުނުލިބި މާލެއިން ގެދޮރުކުއްޔަށްހިފައިގެންއުޅޭފަރާތްތަކުގެ ކުލިންވެސް ބައެއްސަރުކާރުން ހަވާލުވެލައްވަންވީނޫންތޯ 2ކޮޓަރީގެ ތަންކޮޅެއް ލިބެނީ 18;16 ހާސް ރުފިޔާއަށް


2

ނީނާ. ށ ްްެްްެެްްެްްެްްެެްްެްްެްްެެްްެްްެްްެެްްްްެްްެ ް

07-Dec-2023

ހިޔާފުލެޓު ނާ އެކަނި ކުލި ކުޓަކުރިޔަސް ކަމަކުނުދާނެ ވެށިފަހި ފުލެޓްންވެސް ކުލިކުޓަކުރަން ވާނެ ޒަވާޖީ ފުލެޓްގެ މުށިތައް މައްޗައް އަރާ ފަޅާ ފަޅައިގެން ގޮސް އަމިއްލަ ބަދަލުގައި ހަދާފަ ކުލިންވެސް އެބައި އުނިވެ އާބާންކޯ އެކަން ކޮށްދިނީ މަދުބަޔަށް އަދި ތިންކޮޓަރިވައި ދެފާހާނާ ހުންނަ އިރު -/7350 ރުފިޔާ ނަގަނީ މީވަރަށް ބޮޑު އަދަދެއް މޫސާ ނުލިބޭ -/10000 ވެސް ހަމަ ކުލިދެއްކިމާ ނޯވޭ އިތުރު ނަމެއް ކުރާ ަަަަަަކު ްްްްްްްްްްްްްްްްކުލިދެއްކިމާ ލިބޭ މުސާރަ ކޮޅު ހުސްވި އެހެން ވީމާ ކުލިކުޓަކުރަން ޖެހޭ ރައީސް


1

ޒަވިޔަނި

07-Dec-2023

ބަލަ ނުޖެހޭ ކުލިމާފުކުރާކަށް އަހަރުމެންވެސްމިތިބީ ފެންބިލް އަދި ކަރަންބިލް ނުދެއްކިފަ މާފުކޮށްދޭންވީނު !!!!!!!!!!!! ؟



ޓްރެންޑިން