ރާއްޖެއިން އިތުރު 17 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ހަ ބަންގްލަދޭޝް މީހެއްގެ އިތުރުން އިންޑިއާ މީހެއް ކަމަށެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3120 އަށް އަރާފައެވެ.
ރާއްޖެއިން މިއަދު އިތުރު 31 މީހަކު ބަލިން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2428 އަށް އަރާފަ އެެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 626 މީހަކަށެވެ. މިވަގުތު އައިސޮލޭޝަންގައި 501 މީހަކު އެބަހުރިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޓެސްޓު ކުރުމަށް 70050 ސާމްޕަލް ނަގާފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 680 ސާމްޕަލެއް ނަގާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 15 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު