އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2023 - 2:53
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން ހިންގާ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ފުރަތަމަ އޮފީސް ހުޅުވައިފިއެވެ.

ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މި އޮފީސް މިރޭ ހުޅުއްވައިދެއްވީ ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ އައު އޮފީހާއެކު މަސައްކަތް ފުޅާވެގެންދާނެކަން ފާހަގަކޮށްފައެވެ. އެގޮތުން މުޅި ރާއްޖޭގައި ދެ ޕާޓީގެ މަސައްކަތް ކުރިއަށްވުރެ އިތުރު ޖޯޝަކާއި ފޯރީގައި ކުރިއަށްދާނެކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެެވެ.

ރައީސް ވިދާޅުވީ އައު އޮފީހާއެކު ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށް ވާނީ ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ދިއުން ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު މަގާމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ޓިކެޓްގައެވެ. މީގެކުރިން ޕީއެންސީގެ އޮފީސް ހިންގަމުން ދިޔައީ ޕީޕީއެމްގެ އޮފީހުގައެވެ. މިއީ ޕީއެންސީގެ މަސައްކަތްތަކަށް ވަކިން އޮފީހެއް ހުޅުވިގެންދިޔަ ފުރަތަމަ ފަހަރެވެ.

ޕީއެންސީގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން