އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2023 - 4:2
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޔަންކޮށްފިއެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަރުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރީ މިރޭ ބޭއްވި ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގައެވެ.

ޕީއެންސީގެ އައު އޮފީހުގައި ބޭއްވި ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރަން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 103 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމް ޕީއެންސީ ކޮމިޝަނުގެ ލީޑަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރުމުގެ ކުރިން، ޕީއެންސީގެ ރައީސްކަމުގެ މަގާމަށް މިދިޔަ އޮކްޓޫބަރުމަހު އެމަނިިކުފާނު ވަނީ އައްޔަންކޮށްފައެވެ.

ރައީސް ޑރ. މުއިއްްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ރިޔާސީ ޓިކެޓްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން