ޒަހީނުއްދީން ސަޢީދު   7 ޑިސެމްބަރު 2023 - 5:59
ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅުން ޢައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ ނުވަ ވުޒާރާ އަކަށް ޑެޕިއުޓީ މިނިސްޓަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެެވެ.

އަލަށް އައްޔަންކުރި ޑެޕިއުޓީ މިނިސްޓަރުން:

1- އަލީ ޖަނާހު: ފޮރިން މިނިސްޓްރީ

2- މުހައްމަދު އާރިފު: ލޯކަލް ގަވަމެންޓްރީ މިނިސްޓްރީ

3- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް: ހޯމް މިނިސްޓްރީ

4- ހަސަން މިރާސް: ފިނޭންސް މިނިސްޓްރީ

5- އާމިނަތު މުނާ: އެޑިއުކޭޝަން މިނިސްޓްރީ

6- އަހުމަދު މާއިސް: ޓޫރިޒަމް މިނިސްޓްރީ

7- އިބްރާހިމް އަލީމް: ހައުސިން މިނިސްޓްރީ

8- ފާތިމަތު ޒުހުރާ: އެގްރިކަލްޗާ މިނިސްޓްރީ

9- އަލްއުސްތާޛު ޢަބްދުﷲ މަޙްޒޫމް މާޖިދު: ޔޫތް މިނިސްޓްރީ

ސަރުކާރުގެ ނުވަ ވުޒާރާއަކަށް ޑެޕިއުޓީ މިނިސްޓަރުން ރައީސް މުޢިއްޒު އައްޔަން ކުރައްވާފައިވާއިރު މިނިސްޓްރީތަކުގެ ނައިބުގެ މަގާމަށް މީގެކުރިން ވެސް އެމަނިކުފާނު ވަނީ ގިނަ އަދަދެއްގެ ބޭފުޅުން އައްޔަންކުރައްވާފަ އެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން