ބަޔަކު ޕާޓީއެއް އުފެއްދިޔަސް ޕީޕިއެމް-ޕީއެންސީ ކޯލިޝަނަށް ކުރާނެ އަސަރެއް ނެތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބުދު ﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެެވެ. އެގޮތުން "ޕީޕަލްސް ނެޝަނަލް ފްރޮންޓް" ނަމުގައި ސިޔާސީ ޕާޓީ އެއް އުފައްދަވަން ނިންމަވައި އެޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ.

ރޭ ބޭއްވި ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށާއި އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާނެތީ އެކަމާ މެދު ނުވިސްނަވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަޔަކު ޕާޓީ އެއް ހެދިނަމަވެސް ކޯލިޝަނުން މެމްބަރަކު ނުގެއްލޭ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރު ކޯލިޝަނަށް މީހުން އިތުރުވަމުން އަންނަ ކަން އަދުރޭ ފާހަަގަކުރެެއްވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އަޣުލަބިއްޔަތެއް ނަގާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބޮޑުވަޒީރު

08-Dec-2023

ކޮންބައެއްގެ ވާހަކަ އަދުރޭމިދައްކަނީ ބުނެބަލަ ޔާމީންއޭ



ޓްރެންޑިން