މިފްކޯ މަސްފެކްޓަރީ.
މިފްކޯ މަސްފެކްޓަރީ.
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ މަސްވެރިކަމާއި މިސިނާއަތާއިގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނާއި ހިއްސާކޮށް މިސިނާޢަތާއި މެދު ސްކޫލުކުދިންގެ މެދުގައި ޝަޢުޤުވެރިކަން އުފެއްދުމަށްޓަކައި ހިއްސާކުރުމަށް "މިފްކޯ ކުޑަކުދިންގެ ހަވީރު" ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މިފްކޯއިން ގުޅިގެން އިންތިޒާމްކުރާ މި ހަވީރުގެ ހޮސްޓިންގް ޕާޓްނަރަކީ އަރބަންކޯ އެވެ. މިހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރ 2023 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ.

މިނިސްޓްރީއިން ބުނީ މި ހަވީރަކީ ހުނަރުވެރި، ހޭލުންތެރި އަދި ޝައުގުވެރިކަމާއިއެކު ކުދިންނަށް ހޭދަކޮށްލެވޭ ވަގުތުކޮޅަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާކަމަށެވެ.

އެގޮތުން އިވެންޓްއަށް ވަންނަ މަގު ހާއްސަކުރެވިފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށެވެ. އަދި މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މިހަވީރުގެ ތެރެއިން ފެނިގެން ދާނެކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިގޮތުން މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާއެއްޗެތި ތައްޔާރުކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލެވޭނެކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އިން ބުނީ މިމުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް ހާއްސަ އިނާމްތަކެއް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މުބާރާތުގައި ވާދަކޮށް މަތިން މާކްސް ހޯދާ ކުދިންނަަށްވެސް ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ މަސްވެރިކަމާއި ގުޅެ ހަރަކާތްތަކުގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ކުދިން ޝައުޤުވެރިވާފަދަ ތަފާތު ކުޅިވަރުތަކެއްވެސް މިހާއްސަ ހަވީރުގެ ތެރެއިން ކުރިއަށް ދާނެކަމަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ގޭމްތަކެއްވެސް މި އިވެންޓްގެތެރޭގައި އިންތިޒާމްކުރެވިފައިވާނެކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން